މިއަހަރުގެ މަސްވެރިންގެ ދުވަސް ކ. ގާފަރުގައި ފާހަގަ ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19ގެ ސަބަބުން ހަރަދު ކުޑަކުރުމަށް މާލެއާއި ކައިރި ރަށެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިމަތިލާން އާންމުކޮށް ހުޅުވާނުލާ ކަމަށް ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ގާފަރުގައި ބޭއްވުމަށް ނިންމަވާފައިވަނީ ގާފަރު ކައުންސިލާއި މަޝްވަރާކުރުމަށްފަހު ކަމަށެވެ.
ކޮވިޑުގެ ސަބަބުން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ ވާޗުއަލް ކޮށެވެ.