ކޮވިޑަށް ޕޮޒިޓިވް ވި އަދަދުތައް މިއަދު ވެސް 100 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑި އިރު، 142 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭގެތެރޭގައި މާލެއިން 42 މީހުންނާއި އަތޮޅުތަކުން 88 މީހުންނާއި ރިސޯޓުތަކުން 12 މީހުން ހިމެނެ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑު ބައްޔަށް ޕޮޒިޓިވް ވި އަދަދު ވަނީ 84،017 އަށް އަރާފަ އެވެ. އަދި އެބަލިން ރަނގަޅުވި އަދަދަކީ 82،101 އެވެ.

ފާއިތުވި 24 ގަޑި އިރު، 4155 ސާމްޕަލް ވަނީ ނަގާފަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 20 މީހުންނަށް އަންނަނީ ފަރުވާ ދެމުން ނެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 229 މީހުން ވަނީ މަރުވެފަ އެވެ.