ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހާފައިވާ މީހުން އެނގޭނެ ޑިޖިޓަލް ޕާސްޕޯޓް މިއަދު ތައާރަފުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ covidsafe.gov.mv މެދުވެރިކޮށް ވެކްސިންގެ ޑޯޒާއި ކޮވިޑަށް ޓެސްޓުކުރި ނަތީޖާތައް ފެންނާނެ ކަމަށެވެ.

މި ޕޯޓަލް ބޭނުންކުރާނެ ގޮތް:

▪︎ covidsafe.gov.mv ޕޯޓަލް އަށް ވަނުމުން އައިޑީކާޑު/ ޕާސްޕޯޓު ނަމްބަރު ޖެހުމަށްފަހު ފޯނު ނަމްބަރު ޖަހަން އަރާނެ▪︎ އޯޓީޕީ ޖެހުމަށް ފަހު ޕޯޓަލްއަށް ވަދެވޭނެ▪︎ މައުލޫމާތުތައް ރައްކާތެރިކުރުމަށް ޕޯޓަލް އަށް ވަދެވޭނީ އެޗްޕީއޭ އަށް ކުރިން ދީފައިވާ ފޯނު ނަމްބަރުން އެކަނި▪︎ އެމީހެއްގެ ކޮވިޑް ސްޓޭޓަސްގެ މައުލޫމާތު ކިއުއާރު ކޯޑަކުން އެހެން މީހުންނަށް ވަކި ވަގުތެއް ވަންދެން ހިއްސާކުރެވޭނެ އަދި ވެކްސިން ސެޓްފިކެޓް ޕްރިންޓުކުރެވޭނެ

ރާއްޖޭގެ ކޯވިޑްސޭފް ޕޯޓަލް އަކީ މިނިސްޓްރީ އޮފް ހެލްތުގެ ރަސްމީ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ޕާސްޕޯޓް

ކޯވިޑްސޭފް އިން ތިރީގައިވާ ޙާލަތުތައް ޑިޖިޓަލް ކޮށް ކަށަވަރު ކޮށްދޭ

  • ވެކްސިން ޑޯޒު
  • ކޯވިޑް 19 ގެ ސިއްޙީ ޙާލަތު
  • ކަރަންޓީން ޙާލަތު
  • އެންމެ ފަހުގެ ކޯވިޑް 19 ޓެސްޓުތަކުގެ ނަތީޖާ