ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ދިޔަވެ އަޑިއަށްދިޔަ ސަފާރީން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މިއަދު ހެނދުނު ބޮލިފުށި ކައިރިން މާލެއަށް ދަތުރުކުރި "ހޭންޑީ ކްރޫޒާ" ސަފާރީ، ވިއްސާރަވުމުގެ ސަބަބުން ދިޔަވެ އަޑިއަށް ގޮސްފައިވާކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައިވަނީ ބިދޭސީއެއް ކަމަށެވެ. އެއީ 41 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ވިދާޅުވި އެވެ.

ބާކީ ތިބި ހަ މީހުންގެ ހާލު އަވިދެސް ދެރަ ކަމަށާއި ފަރުދެމުންދާ ކަމަށްވެސް އޮފިޝަލް ވަނީ މައުލޫމާތު ދީފަ އެވެ.