އަތޮޅުތަކުން 36 މީހުންނާއެކު މިއަދު ޕޮޒިޓިވް ވީ 72 މީހުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުގައި ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ ޢާންމުކުރި ތަފާސް ހިސާބުގައިވާ ގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވަނި 31 މީހުންނެވެ. އަދި އަތޮޅުތަކުން 36 އަދި ރިސޯޓުތަކުން 4 މީހުންނާއި ލައިވް ބޯޑުން މީހަކު ވަނީ މިއަދު ޕޮޒިޓިވް ވެފަ އެވެ.

މިއާއެކު ރާއްޖެއިން 84،362 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، 82،567 މީހުން ވަނީ މިބަލިން ފަސޭހަވެފަ އެވެ.

20 މީހަކު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އިރު، އެކްޓިވް ކޭސްގެ އަދަދަކީ 1،551 އެވެ.

ރާއްޖެއިން ކޮވިޑު ބަލީގައި މިހައިތަނަށް މަރުވެފައިވަނީ 2321 މީހުން ނެވެ.