ގދ. ފަރެސްމާތޮޑާގައި ދިރިއުޅެމުންދާ އާބާދީގެ ތެރެއިން ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ މިންވަރު ބެލުމަށް ސާވޭއެއް ކުރަން ނިންމައިފިއެވެ.

އެރަށު ހެލްތު ސެންޓަރުން ބުނީ މި ސާވޭގައި، މަޢުލޫމާތު ނެގުމަށް މި މަރުކަޒުގެ ފަރާތުން ގޭގެއަށް ޒިޔާރަތް ކުރާނެ ކަމަށާއި ވީމާ އެންމެހާ ބޭފުޅުން ސާވޭ ޓީމްތަކަށް އެއްބާރުލުން ދެއްވުމަކީ އެ މަރުކަޒުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މި ފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެ ސެންޓަރުން ވަނީ ޝުކުރުއަދާކޮށްފައެވެ.