ބިހަކީ ގައިގެ ހަންގަނޑުގެ އޮމާންކޮށް ރީތި ކޮށްދޭ އެއްޗެކެވެ. ލޯކައިރީގައި ހުންނަ ކަޅުކަން އަވަހަށް ފިލުވައިދޭ އެއްޗެއްވެސް މެއެވެ.

ހަންގަނޑު އޮމާންކޮށް ރީތި ކުރުމަށާއި ލޯކައިރީގައި ހުންނަ ކަޅުކަން ފިލުވުމަށް ބޭނުން ކުރަނީ ބިހުގެ ހުދު ބައެވެ.

ލޯކައިރީ ކަޅުވެފައި ހުންނަ ހިސާބުގައި ބިހުގެ ހުދު ބައި އުނގުޅާލާށެވެ. ވަރަށް ކުޑަ އެތިފޮދަކުން އުނގުޅޭނެއެވެ. އެއަށްފަހު ފަނަރަ ވަރަކަށް މިނެޓު ބަހައްޓާށެވެ. ދެން ތާފަނާ ފެންފޮދަކުން މޫނު ދޮވެލާށެވެ. ވަރަށް އަވަހަށް ނަތީޖާ ފެންނާނެއެވެ. އަދި ގިނަދުވަހު ލޯކައިރި ރީތިކޮށް ހުންނާނެއެވެ.

ބިހުގެ ހުދުބައި މޫނުގައި އުނގުޅުމުން މޫނުމަތި އޮމާންވެފައި ރީތިވާނެއެވެ. ސާފުވެ ހަންގަނޑުގެ ކުލަ އަލިވާނެ އެވެ.

މައުލޫމާތު: ހޭންޑީޓްރިކްސް ޑޮޓްކޮމް