ފުވައްމުލަކު ސިޓީގައި ފުނަރު ޕްރޮގްރާމްގެ އިމްތިހާނު ބާއްވައިފިއެވެ.

”ފުނަރު“ އަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ބައްވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުން ބައިވެރިވި ދަރިވަރުން ވަނީ ޕްރެކްޓިކަލް އަދި ތިއަރީ އިމްތިހާނުގައި ބައިވެރިވެފައެވެ.

އެ ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި މެކޭނިކަލް ދާއިރާއިން އިންޖީނު މަރާމާތު ކުރުމާއި، މެއިންޓެނެންސްގެ މަސައްކަތް ތަކާއި، މެކޭނިކަލް މަސައްކަތްތައް ޕްރޮގްރާމްގެ ބައިވެރިންނަށް ދައްކޮށްދީފައި ވެއެވެ. އަދި އެ މަސައްކަތްތައް ކުރާއިރު ސަލާމަތީގޮތުން ސަމާލުވާން ޖެހޭ ކަންތައްތަކާއި، އެކިއެކި ޓޫލްސްތައް ބޭނުން ކުރާނެ ގޮތްވެސް ދަސްކޮށްދީފައި ވެއެވެ.

ފެނަކައިން ވަނީ މީގެ ކުރިން ހދ. ކުޅުދުއްފުށީ ސިޓީއާއި ށ. މިލަންދޫގައިވެސް ތ. ވިލުފުށީގައި އެ ޕްރޮގްރާމްގެ އިމްތިހާނު ބާއްވާފައެވެ.

ފެނަކައިން ބުނީ މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އަމިއްލަ ރަށުގައި ނުވަތަ ރަށާ ކައިރި ސެންޓަރެއްގައި ހުރެގެން ތަމްރީނުވުމުފެ ފުރުޞަތު މި ޕްރޮގްރާމުން ފަހިކޮށްދެއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބެޗަށް ހުޅުވާލީ 50 ދަރިވަރުންނަށް ނަމަވެސް 130 އަށްވުރެ ގިނަކުދިން މިކަމަށް ކުރިމަތިލިއެވެ.