ހުޅުމާލެ ފޭސް ދޭ ގައި ޕްރައިވެޓް ސްކޫލެއް ގާއިމުކުރުމަށް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އައިލެންޑާސް އެޑިއުކޭޝަން އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެގްރީމެންޓުގައި އެޗްޑީސީގެ ފަރާތުން ސޮއިކޮށްފައި ވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ސުހައިލު އަހްމަދެވެ. އަދި އައިލެންޑާންސް އެޑިއުކޭޝަންގެ ފަރާތުން އެކްޒެކެޓިވް ޑިރެކްޓަރ އަހުމަދު އަދްލީ ރަޝީދެވެ.

ގިނަ އާއިލާތަކުގެ ދިރިއުޅުން ހުޅުމާލެ ފޭސް 2 ގައިވާ ފްލެޓުތަކަށް ބަދަލުވަމުން ދާއިރު، ހިޔާ ފުލެޓު ސަރަހައްދުގައި އަސާސީ ޙިދުމަތްތައް ލިބޭނެ މަގު ފަހި ކޮށްދިނުމަކީ މުހިންމުކަމެކެވެެ. އެގޮތުން އެޗްޑީސީ އާއި އައިލެންޑާސް އެޑިއުކޭޝަންގެ އެއްބަސްވުމުގެ ދަށުން އަޅާ މި ސްކޫލަކީ ހިޔާ ފްލެޓުގައި ދިރިއުޅެން ފަށާފައިވާ އާއިލާތަކަށް ލިބޭނެ ފަސޭހަކަމެކެވެ.

ސަރުކާރުން ވަނީ ހުޅުމާލެ ފޭސް 2 ގައި ހޮސްޕިޓާލަކާއި މިސްކިތެއް ބިނާ ކުރާނެކަމަށް ވެސް ބުނެފަ އެވެ.