ކުއްލިއަކަށް ހާލުކޮޅު ގޯސްވެ ނައިބު ރައީސް ފައިސަލް ނަސީމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބަރޫކް ޢަބްދުލްޢަޒީޒް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައިބު ރައީސްގެ ހާލުކޮޅު ދެރަ ވެގެން މިވަގުތު ދަތުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، ނައިބު ރައީސް ފައިސަލްގެ ހާލުކޮޅު އަންނަނީ ރަނގަޅު ވަމުން ކަމަށެވެ. ނަމަވެސް ހާލުކޮޅު ދެރަވާން ދިމާވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.