ގޭތެރޭގައި ގަސްހައްދާއިރު ގިނަފަހަރަށް ޚިޔާރުކުރެވެނީ ޤުދުރަތީ އަލިކަން ލިބޭ ތަންތަނެވެ. މިގޮތުން ފޮތް ހަރުގަނޑު، ޓީވީ ރެކް، ކުޑަ ދޮރު، ބެލްކަނި ފަދަ ތަންތަނުގައި އާންމުކޮށް މީހުން ގަސް ހައްދައެވެ. ނަމަވެސް ލޮސްއެންޖެލިސްގެ ފޯލިޔާ ކަލެކްޓިވްގެ ވެރިޔާ ޑަޔާން ހޯސްޓް، ގޭތެރޭގެ ވަރަށް ތަފާތު ތަންތަނުގައި ގަސްހެއްދޭނެ ގޮތް ކިޔައި ދިނެވެ. ޑަޔާން ބުނާގޮތުގައި ކޮޓަރިތަކުގެ މެދުގައި އޮންނަ ގޯޅިގަނޑުގައި (ކޮރިޑޯ) ގައި ގަސް އިންދާނެގޮތް ކިޔައިދިނެވެ. ޑަޔާން ބުނާގޮތުން މިތަންތާނގައި، ގަސްމުށި ބަހައްޓާ ހަރުގައި ލެޑްލައިޓް ހަރުކޮށްފައި ބެހެއްޓުމުން ގަހަށްބޭނުންވާ އަލިކަން ލިބެއެވެ.

އަދި އިންޓީރިއާ ޑިޒައިނާ ލިސާ މޮނޯޒް ބުނާގޮތުން ފާޚާނާއަކީވެސް ގަސްހެއްދުމަށް ވަރަށް ރަނގަޅު މާހައުލެކެވެ. މިގޮތުން ތެއްކަމަށް ލޯބިކުރާ ގަހާއި ވެޔޮގޮތަށް ހެދޭ ގަސް ހެއްދުމަށް ފާޚާނާ އަކީ ވަރަށް ރަނގަޅު މާހައުލެކެވެ. މިފަދަ ގަސްތައް ފާޚާނާގައި ހެއްދުމުން އަބަދު ފެންބޭނުންވާ ގަސްތަކަށް ބޭނުންވާ ފެނާއި ތެތް މާޙައުލު ލިބިދެއެވެ.

ބަދިގެއަކީ އާންމުކޮށް ޖާގަ ކުޑަވެފައި އޮންނަ ތަނެކެވެ. ނަމަވެސް ގަސް ހެއްދުމަށް ލޯބިކުރާ ފަރާތްތަކުން ޖާގައެއް ހޯދާލަން ބޭނުންވާ ތަނެކެވެ. މިގޮތުން ބަދިގޭގެ ސީލިންގް އަކީ ވަރަށް ރަނގަޅު ޖާގައަކަށް ހެދިދާނެއެވެ. ވެޔޮގަތަށް އެލޭ ގަސް ސީލިންގައި ހަރުކުރާ ފުރޭމެއްގައި ހެއްދުމުން ދުވަސްކޮޅަކުން މި ވެޔޮތައް ދިގުވެ އެލެން ފަށާނެއެވެ. އަދި ކާންތިބޭވަގުތު ގަހެއްގެ ދަށުގައި ތިބެވޭ އިހުސާސް ކުރެވުމުން ދާނެއެވެ.

އައިސް އަލަމާރީގެ މައްޗަކީ ވަރަށް ގިނަ ފަހަރަށް ބޭކާރު އެއަޗިހި ބަހައްޓާލަން ފަސޭހަތަނަކަށް ވެއެވެ. ނަމަވެސް އައިސް އަލާމާރީގެ މައްޗަކީވެސް މިގޮތަށް ގަސްމުށި ބަހައްޓާލަން ވަރަށް ހެޔޮވަރު ޖާގައެކެވެ.

މިއީ ގަސްހައްދަން ލޯބިކުރާ އަދި ގިނަ ގަސް ހައްދަން ބޭނުންވާމީހުނަށް ވިސްނާލެވިދާނެ ޖާގަތަކެއް ކަމަށް ދެކެމެވެ.

ގަހަކީ ގޭތެރޭގެ ވައި ސާފުކޮށްދީ މީހުނަށް ތާޒާކަން ގެނެސްދޭ އެއްޗެކެވެ. އަދި ގަސް ހެއްދުމަކީ ވަރަށް ގިނަ މީހުނަށް ހިތްހަމަޖެހުން ލިބިދޭ، ހުސްވަގުތު ފުރާލަންވެސް ވަރަށް ރަނގަޅު ކަމެކެވެ.

މައުލޫމާތު ނެގީ: ކްރާފްޓްތޯޓް ޑޮޓްކޮމް އިން