ގއ.ކޮނޑޭގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މިއަދު މިނިސްޓްރީން އޮފް އިސްލާމިކް އެފެއާޒްއިން ސޮއިކޮށްފިއެވެ.

އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފިނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލާ މުރުޝިދާ އަލިމަނެކެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކޮސްފައިވަނީ މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

365 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މިސްކިތަށް ދައުލަތުގެ ބަޖެޓުން 7.6 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެން މިސްކިތްތަކާއި ޚިލާފަށް މި މިސްކިތަކީ ޒަމާނީ ޑިޒައިނަށް ހަދާފައިވާ މިސްކިތެކެވެ. މިސްކިތް ޑިޒައިން ކޮށްފައިވަނީ އެތެރޭގައި އެއްވެސް ތަނބެއް ނުހުންނަ ގޮތަށެވެ. މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.