ދިވެހީންނަށް ވިސާއާ ނުލާ އިންޑިއާއަށް ދަތުރުކުރުމުގެ ހުއްދަ އެގަމުން ދިފި އެވެ.

ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް ވިސާ އާއި ނުލައި އިންޑިއާއަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް ނިންމާ، މި ނިންމުމަށް އަމަލު ކުރަން ފަށާނީ މި އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ނެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެގައުމުގެ ދެމެދުގައި 2018 ވަނަ އަހަރު އެކުލަވާލާފައިވާ ވިސާ އެގްރިމެންޓަށް އަލުން އަމަލު ކުރަން އިންޑިއާއިން ނިންމާފައިވާތީ އުފާ ކުރައްވާ ކަމަށެވެ. އަދި އެ އެއްބަސްވުން ވަގުތީ ގޮތުން ސަސްޕެންޑު ކުރީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދު ކުރުމުން މިދިޔަ އަހަރު ކަމަށެވެ.

މި އެގްރިމެންޓުގެ ދަށުން ސިއްހީ ފަރުވާ، ވިޔަފާރީގެ ބޭނުމުގައި ޓޫރިސްޓުންގެ ގޮތުގައި ވިސާ އާއި ނުލާ 90 ދުވަހަށް ދިވެހިންނަށް ދަތުރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.