އެމް.ޑަބްލިޔު.އެސް.ސީގެ ޝޯރޫމަށް 5 އަހަރު ފުރުމާއި ގުޅިގެން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"އެނިވަރސަރީ ޕްރޮމޯ" ގެ ނަމުގައި މި ޕްރޮމޯޝަން ކުރިއަށްދަނީ 30 ނޮވެމްބަރ ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައިގަންނަ ކޮންމެ ފެން މީޓަރަކަށާއި ފެނުގެ ކޮލިޓީ ޓެސްޓް ކުރުމަށް ހަދާ ޓެސްޓްތަކުން ކަސްޓަމަރުންނަށް 10 %ޑިސްކައުންޓް ލިބޭނެ އެވެ.

ފެނުގެ ކޮލިޓީ ޓެސްޓް ކުރާ ކަސްޓަމަރުންގެ ތެރެއިން ޑިސްކައުންޓް ލިބޭނީ ޕްރޮމޯޝަންގެ މުއްދަތުގައި އެނުއަލް ކޮންޓްރެކްޓަކަށް ވަޑައިގަންނަވާ ކަސްޓަމަރުންނަށް މުޅި ކޮންޓްރެކްޓްގެ މުއްދަތަށް ކަމަށާއި މި ކޮންޓްރެކްޓްގައި ފެނުގެ ޓެސްޓް ކުރުމަށް މަދުވެގެން 4 ސާމްޕަލް ޕޮއިންޓް ހިމަނަވަންވާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެ ކުންފުނިން ދަނީ ރިސޯޓު އަދި އެހެނިހެން ކަސްޓަމަރުންނަށް ފެނުގެ ކޮލިޓީ ޓެސްޓް ކުރުމުގެ ޚިދުމަތް އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ސާމާނާއި، އާރު.އޯ ސްޕެއާރޒް، ޕީ.ވީ.ސީ އަދި ޕީ.އީ ޕައިޕް އާއި ފިޓިންގްސް އަދި ފެނާއި ނަރުދަމާއާއި ގުޅުން ހުރި ގިނަ ބާވަތްތައްވެސް ޝޯރޫމް މެދުވެރިކޮށް ދަނީ ފޯރުކޮށްދެމުން ނެވެ.

މި ޕްރޮމޯޝަންއާއި ގުޅޭ އިތުރު މަޢުލޫމާތު އެމް.ޑަބްލިޔު.އެސް.ސީ ޝޯރޫމްގެ ހޮޓްލައިން ނަންބަރު 7960022 އަށް ގުޅުއްވުމުން ލިބިލައްވާނެ އެވެ.