މިއަހަރުގެ އޮކްޓޯބަރުމަހުގެ 4 އިން 8 އަކަށް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ "ދުނިޔޭގެ ކަސްޓަމަރ ސަރވިސް" ހަފުތާއާއިގުޅުވައިގެން އެމްޓީސީސީން މިއަހަރުގެ "ހިނިތުންވުމާއެކު" ކެމްޕޭން އިފްތިތާޙު ކޮށްފި އެވެ.

މި ކެމްޕެއިންގެ އެންމެ ބޮޑުމަޤްސަދަކީ ކުންފުނީގެ މުއައްޒަފުންގެ މެދުގައި ކަސްޓަމަރ ސާރވިސްގެ މުހިއްމުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމާއިކުންފުނިން ޚިދުމަތް ލިބިގަންނަ އެންމެހާ ކަސްޓަމަރުންގެ ކަސްޓަމަރ އެކްސްޕީރިއެންސް މިހާރަށްވުރެ ރަނގަޅު ކުރުމެވެ. އަދި ކުންފުނީގެ އުންމީދަކީ "ހިނިތުންވުމާއެކު" މި ކެމްޕެއިގެ ސަބަބުން އެމްޓީސީސީ ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުންއިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރު ބޮޑުވެގެން ދިއުމެވެ.

އެމްޓީސީސީގައި ބޭއްވުނު މިރަސްމިއްޔާތު އިފްތިތާހްކޮށްދެއްވީ ކުންފުނީގެ ޗީފް އޮޕްރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޓީސީސީއަކީ މިޤައުމުގެ ތަފާތު އެކިސިނާއަތްތަކުގައި ގިނަ ރައްޔިތުންތަކަކަށް ސީދާގޮތުން ޚިދުމަތްދެމުންދާ ކުންފުންޏެއް ކަމަށާއި ކަސްޓަމަރުން ހިތްހަމަޖެހޭފަދަ ޚިދުމަތެއް ދިނުމަށް ކުންފުނީގެ ކޮންމެ މުއައްޒަފަކުވެސް ގަދައަޅާ މަސައްކަތް ކުރަންވާނެ ކަމަށެވެ.

މި ކެމްޕެއިން ކާމިޔާބުކަމާއެކުކުރިއަށްގެންދިއުމަށް ހުރިހާ މުވައްޒަފުންގެ ތަރުހީބާއި އެއްބާރުލުން ވަރަށް މުހިންމުކަމަށާއި ހުރިހާ މުވައްޒަފުންގެ އެއްބާރުލުންމިކެމްޕެއިނަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ގެސްޓް ސްޕީކަރސްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ކޯޕަރޭޓް ޓްރޭނިންގ އިންސްޓިޓިއުޓްގެ ފަރާތުން ޑރ. ޙުސައިން ސަނީއުމަރާއި މުޙައްމަދު ޔަމާނީ އެވެ.

އެބޭފުޅުންގެ ވާހަކަފުޅުގައި ކަސްޓަމަރުންނަށް ދޭ ޚިދުމަތް ރަނގަޅު ކުރުމުގެ މުހިއްމު ކަމުގެމައްޗަށް އަލިއަޅުއްވާލެއްވި އެވެ.

"ހިނިތުންވުމާއެކު" ކެމްޕެއިން ފެށުމުގެ ގޮތުން 10 އޮކްޓޯބަރ އިން ފެށިގެން 28 އޮކްޓޯބަރ އާއި ހަމައަށްބަހާލެވިގެން ކުންފުނީގެ ކަސްޓަމަރުންނަށް ވަރަށް ޙާއްސަ އެތައް ޙަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.