އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ. މިއަދުން ފެށިގެން (12 އޮކްޓޯބަރ 2021) ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ވިއްކާނީ ޕެޓްރޯލް ލީޓަރެއް 11.16 ރުފިޔާއަށެވެ. ޑީސަލް ލީޓަރެއް ވިއްކާނީ 11.84 ރުފިޔާއަށެވެ.

އެސް.ޓީ.އޯ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް ފަސޭހަގޮތެއްގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ކަމަށް އެކުންފުނީން ވިދާޅުވެފައިވެއެވެ.

ތެލުގެ އަގު އެސްޓީއޯއިން ބޮޑުކުރީ ފާއިތުވި ދެ މަސް ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގު އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔމުންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ހުރީ ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައި ކަމަށް ވެސް އެސްޓީއޯއިން ވިދާޅުވިއެވެ. ދުނިޔޭގެ މާޒާރުގައި ތެލުގެ އަގުބޮޑުވުމާ ގުޅިގެން އެސްޓީއޯއަށް ވެސް ތެޔޮ ގަންނަން ލިބޭ އަގު ވަނީ ވަރަށް ބޮޑުވެފައި ކަމަށް އެކުންފުނީން ވިދާޅުވެފައިވެއެވެ.