މާލޭ ސިޓީ ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނެގުމަށް ނިންމައިފިއެވެ.
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދު ބޭއްވި ކައުންސިލް ބައްދަލްވުމުގައި މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މިއަދު ބޭއްވުނު ބައްދަލްވުމުގައި ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނެގުމަށް ނިންމާފައިވާ ކަމަށެވެ.
އެ ޖަލްސާގައި މިހާރު މަސައްކަތްކުރާ ބިދޭސީން މަދުކޮށް އެ ވަޒީފާތަކަށް ދިވެހިން ނެގުމަށް ނިންމާފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އަދި މިގޮތަށް ވަޒީފާ ދޭއިރު، ޒުވާނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަށް ވެސް ކައުންސިލުން ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައި ގިނަ އަދަދަކަށް ބިދޭސީން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.