އޮކްޓޯބަރ މަހު ޕެންޝަނުގެ ގޮތުގައި 117 މިލިއަނަށްވުރެ ގިނަ ރުފިޔާ ޕެންޝަން އޮފީހުން ދޫކޮށްފިއެވެ.

މޯލްޑިވްސް ޕެންޝަން އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އޮކްޓޯބަރ މަހު ޕެންޝަރަނަރުންނަށް 117818556.27 (ސަތޭކަސަތާރަ މިލިއަން އަށްޑިހަ އެއްލައްކަ އަށް ހާސް ފަސްސަތޭކަ ފަންސާސް ހަ ރުފިޔާ ހަތާވީސް ލާރި) ދޫކޮށްފައިވެއެވެ.

އޭގެތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ އަސާސީ ޕެންޝަނުގެ ގޮތުގަ 87032361.14 (އަށްޑިހަ ހަތް މިލިއަން ތިރީސްދެހާސް ތިންސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ސާދަ ލާރި)އެވެ. އަސާސީ ޕެންޝަން 18303 ފަރާތަކަށް ޕެންޝަން އޮފީހުން ދޫކޮށްފައިވެއެވެ.

އަދި ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތުގެ ގޮތުގައި 17337780.02 (ސަތާރަ މިލިއަން ތިންލައްކަ ތިރީސް ހަތްހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ ދެ ލާރި) 4016 ފަރާތަކަށް ދޫކޮށްފައިވެއެވެ.

ހިސާބު ދައްކާ ގޮތުން ރިޓާޔަރމަންޓް ޕެންޝަންގެ ގޮތުގައި 7383153.20 (ހަތް މިލިއަން ތިންލައްކަ އަށްޑިހަ ތިންހާސް ސަތޭކަ ފަންސާސްތިން ރުފިޔާ ވިހިލާރި) 1346 ފަރާތަކަށް އަދި ދައުލަތުގެ އެހެނިހެން ރިޓަޔަރމަންޓް އިނާޔަތްތަކުގެ ގޮތުގައި 6065261.91 (ހަ މިލިއަން ފަސްދޮޅަސް ފަސްހާސް ދުއިސައްތަ ފަސްދޮޅަސް އެއް ރުފިޔާ ނުވަދިހަ އެއް ލާރި) 3206 މީހަކަށް ދޫކޮށްފައިވެއެވެ..