އދ. ދަނގެތިން މަރާލާފައި އޮއްވާ ފެނުނު މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން އިއްޔަވަނީ މަހުމޫދްގެ މަރާ ގުޅިގެން ބިދޭސީ މީހާ އުޅެމުންދިޔަގެ ބަލާ ފާސްކޮށްފައެވެ. އެ ގެޔަކީ އެ ބިދޭސީމީހާއާއި އޭނާ ބަލަހައްޓަމުން އައި އުމުރުން ދުވަސްވީ މީހާ ދިރިއުޅެމުން އައިގެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ ރޭ ދަނގެތީ މެޖިސްޓްރޭޓް ކޯޓަށް ގެންގޮސްފައެވެ.