ފުވައްމުލަ ސިޓީގައި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ” މަސްޖިދުލް ހުދާ” ގެ ޢަމަލީ މަސައްކަތް މިއަދު، ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފައްޓަވައިދެއްވައިފިއެވެ.

ދައުލަތުގެ ބަޖެޓުން 8.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކުރާ މި މިސްކިތަކީ ދެ ފަންގިފިލާ ހިމެނޭގޮތަށް، 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

333 ދުވަސް ތެރޭގައި ޢިމާރާތްކުރާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 08 އޮގަސްޓް 2021 ވަނަ ދުވަހު އެމޭން މޯލްޑިވެސް ޕްރައިވެޓް ލިމިޓަޑާއެކުގައެވެ.

މަސްޖިދުލް ހުދާގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލް ޖުމްޙޫރިއްޔާގެ ނައިބުގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އަދި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.