އައްޑޫ ލިންކު ރޯޑުގައި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.

މަރުވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ މަރުވީ ރޭ ފަތިހު ހިނގި އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. އެކްސިޑެންޓް ހިނގީ ސައިކަލްގައި އެ މީހާ ދަނިކޮށް ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިއެވެ.

މި ހާދިސާގައި ހަސަން އަލީ ދުއްވި ސައިކަލުން ޖެހުނު މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.