ކޯނޭ ލިފްޓްގެ ޓަޗްލެސް ސިގްނަލައިޒޭޝަން އެސްޓީއޯއިން ތައާރަފްކޮށްފިއެވެ.

އެސްޓީއޯ އިން ބުނެފައިވަނީ އެ ކުންފުނިން އެތެރެކުރާ "ކޯނޭ" ލިޕްޓް ބްރޭންޑަކީ ޒަމާނީ ހޯދުންތަކަށް ބިނާކޮށް އެކި ސޮލިއުޝަންސްތައް އެލެވޭޓަރ މާރކެޓަށް ތައާރަފްކުރަމުންދާ ދުނިޔޭގައި އެންމެ ނަންހިނގާ ބްރޭންޑެކެވެ.

މިގޮތުން "ކޯނޭ"އިން އެންމެ ފަހުން ތައާރަފްކޮށްފައިވާ މޮޑެލްގެ ސީ.އޯ.ޕީ (ލިފްޓް ޕުޝް ބަޓަންސް) އަކީ ލިފްޓުގެ އެއްވެސް ބަޓަންއެއްްގައި އަތްނުލައި، ހަމައެކަނި އަތްތިލަ ކައިރި ކޮށްލުމުން ބޭނުންވާ ފްލޯ އަކަށް ދެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ މޮޑެލްއެކެވެ. ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރެވޭ މިމޮޑެލްއަށް ލިފްޓު ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. އަދި މިއީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް އާ އިންގިލާބުތައް ގެނަސް، އިންޑަސްޓްރީގައި ޒަމާނީ ކުލަ ޖައްސަމުންދާ އެސްޓީއޯއިން ތައާރަފުކުރާ އެންމެ އީޖާދީ އެއް އުފެއްދުންކަމަށް އެސްޓިއޯއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އެސްޓީއޯއިން ވަނީ، މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތަށް އެކަށީގެންވާ ގޮތަށް، ލިފްޓްގައި ހަރުކުރާ "ކޯނޭ" އެއަރ ޕިއުރިފަޔަރ ވެސް ތައާރަފްކޮށްފައެވެ. އެއަރ ޕިއުރިފަޔަރގެ ބޭނުމަކީ ލިފްޓް ތެރޭގައި ހުންނަ ވައި ސާފުކޮށްދިނުމެވެ. އެހެންކަމުން ލިފްޓް ތެރޭގައި ހުންނަ އެކި ވަސްވަހާއި ބެކްޓީރިއާތަށް މި އެއަރ ޕިއުރިފަޔަރ އިން ނައްތާލާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. ކޯނޭ އިން އެއަރ ޕިއުރިފަޔަރއަށް ބޭނުންކޮށްފައިވަނީ ނާސާ އިން ޖައްވަށް ފޮނުވާ އުޅަނދުތަކުގައި ކޮންޓަމިނޭޝަން ނައްތާލުމަށް ބޭނުންކުރާ ޕީސީއޯ ޓެކްނޮލޮޖީއެވެ.

ކޯނޭ ޓަޗްލެސް ސީއޯޕީ އަދި ކޯނޭ އެއަރ ޕިއުރިފަޔަރ އެންމެ ފުރަތަމަ ރާއްޖޭގައި ހަރުކުރެވިގެންދާނީ އެސް.ޓީ.އޯ ޓްރޭޑް ސެންޓަރގައި ހުންނަ ލިފްޓް ގައެވެ.