މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ގޯޑަން އެންޑްރޫ މަގާމުން ވަކިކޮށްފިއެވެ.

އެންޑްރޫ އެމްއޭސީއެލްގެ އެމްޑީގެ މަގާމަށް އައްޔަނު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްއޭސީއެލްގެ އެމްޑީގެ މަގާމުން އެންޑްރޫ ވަކިކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން ބޯޑުން އަންގައިގެންނެވެ.

އެންޑްރޫ މަގާމުން ވަކިކުރުމަށްފަހު އެމްއޭސީއެލްގެ ޗީފް އޮޕަރޭޝަންސް އޮފިސަރުގެ މަގާމަަށް އިއްޔަ ވަނީ ބޭފުޅަކު އައްޔަނު ކޮށްފައެވެ. އެމަގާމަށް އައްޔަނުކޮށްފައިވަނީ އޭވިއޭޝަން ދާއިރާގައި 20 އަހަރު ހޭދަކުރައްވާފައިވާ އިނގިރޭސިވިލާތަށް ނިސްބަތްވާ ޑެރަން ވިލިއަމްސްއެވެ