ފެނަކައިން 5.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫގައި އެޅި އައުއިންޖީނުގޭގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފަށައިއެވެ.

އައު އިންޖީނުގެއިން އެރަށުގެ ރައްޔިތުންނަށް ކަރަންޓު ދޭން ފަށައިފައިވަނީ 22 ނޮވެމްބަރު ގައެވެ.

މިއީ ރަށްރަށުގެ އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ފެންނަކައިން ހިންގަމުން ގެންދާ މަޝްރޫއުގެ ތެރެއިން އިމާރާތްކުރި އިންޖީނުގެއެކެވެ. މި މަޝްރޫއުގެ ދަށުން އިންޖީނުގެތައް ރިލޮކޭޓު ކުރުން ވެސް ހިމެނެއެވެ. މިފަދަ އިންޖީނުގެތަކާއެކު ރައްކާތެރިކަމާއެކު ތެޔޮ ގެންގުޅެވޭނެ އިންތިޒާމް ވެސް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން މި އިންޖީނުގެތަތުގައި 70 ޑެސިބެލް އަށް ވުރެ މަތިނުވާނޭހެން ސައުންޑް އެޓެނުއޭޓަރ ވެސް ގާއިން ކުރެވިގެންދާނެއެވެ.

މިއީ މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ހިންގަވަމުން ގެންދަވާ މަޝްރޫއުތަކުގެ ތެރެއިން ޚާއްސަ މަޝްރޫއެކެވެ.

ފެނަކަ ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައީދު މަގާމާ ހަވާލުވުމަށް ފަހު ގެންދަވަނީ އެތަނުގެ ތަރައްގީއާއި ކުރިއެރުމަށް ވެސް އެތައް މަސައްކަތްތަކެއް ކުރައްވަމުންނެވެ. ނަތީޖާއަކީ އެކުންފުންޏަށް ބައިނަލް އަގުވާމީ އެތައް އެވޯޑެއް ލިބި ދިނިޔޭގެ ފެންވަރުގައި ބަލައިގަނެވޭ ތަނަކަށް ވުމެއެވެ.