ވެމްކޯއިން ހުޅުމާލޭގެ ފޭސް 1 ސަރަހައްދުން ކުނި އުކާނެ ވަގުތަށް ބަދަލުތަކެއް ގެނެސްފިއެވެ.

މީޑިޔާތަކަށް މައުލޫމާތުދެމުން ވެމްކޯއިން ބުނީ ފުރަމާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި އުކާލުމުގެ ޚިދުމަތްތަކަށް ވަނީ 2021، 15 ސެޕްޓެމްބަރ އިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އަދި އެބަދަލުތަކުގެ ދަށުން ހުޅުމާލޭގެ އަވަށްތައް ހިމެނޭގޮތަށް، އިމާރާތުގެ އެތެރެއިން ވަކި ފަންގިފިލާތަކުން ކުނި ނެގުމުގެ ހިދުމަތް ސެޕްޓެމްބަރު 15 އިން ފެށިގެން ދެމުންގޮސްފައިވާކަން ވެމްކޯއިން ފާހަގަކުރެއެވެ.

ނަމަވެސް، ހުޅުމާލެއަށް ގިނަ އަދަދެއްގެ ރައްޔިތުން އާބާދުވަމުންދާ މިދަނޑިވަޅުގައި މިކޯޕަރޭޝަން ޙިދުމަތްތައް އިތުރަށް ބައްޓަންކުރުމަށާއި މަސައްކަތްތައް ރުކުރުވާލުމަށްޓަކައި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނި ނަގާ ވަގުތު ބަދަލުކުރުމަށް މިހާރު ނިންމާފައިވާކަމަށް ވެމްކޯއިން ބުނެއެވެ. އެގޮތުން 2021، 1 ޑިސެމްބަރ އިން ފެށިގެން ހުޅުމާލޭގެ ފޭސް 1 ސަރަހައްދުން ގޭބިސީތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 06:00 އިން ރޭގަނޑު 11:00 އާއި ދެމެދުގެ ވަގުތުތަކުގައިކަމަށް އެކުންފުނިން ބުނެއެވެ. އަދި ހަވީރު 05:00 އިން ފެށިގެން ތައްޔާރުކޮށްފައިވާ ކުނި ކޮތަޅު ނެގޭނެ ފަދައިންތިޒާމެއް ހަމަޖެއްސުމަށް ކަސްޓަމަރުންގެ އަރިހުން ކުންފުނިން ވަނީ އެދިފައެވެ.

މިކޯޕަރޭޝަނުން ފޯރުކޮށްދޭ ކުނި ނެގުމުގެ ޚިދުމަތްތަކަކީ ރެޖިސްޓަރ ކޮށްފައިވާ އަދި ބިލަށް ފައިސާ ދައްކާ ފަރާތްތަކަށް ދޭ ދޭޚިދުމަތެކެކެވެ. އެހެންކަމުން، ވެމްކޯގެ ޚިދުމަތަށް ނުގުޅިވާ ކަސްޓަމަރުން ވީއެންމެއަވަހަށް ކުނި އުކާލުމުގެ ހިދުމަތަށް ރެޖިސްޓަރ ކުރުމަށް ކުންފުނިން އިލްތިމާސްކުރެއެވެ. އަދި ހިދުމަތަށް ރަޖިސްޓަރ ކުރުމަށް އެދޭ ކަސްޓަމަރުން ކޯޕަރޭޝަންގެ ވެބްސައިޓް www.wamco.com/online އަށް ޒިޔާރާތްކުރުމަށް ފަހު ޚިދުމަތަށް އެދިލެއްވޭނެކަމަށްވެސް ކުންފުނިން ބުނެއެވެ.