ނައިބު ރައީސް ފައިސަލް ނަސީމް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ނައިބު ރައީސް ޔޫއޭއީއަށް ވަޑައިގެންފައިވަނީ ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021 ގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޑިސެންބަރު މަހުގެ 4 އަދި 5 ވަނަ ދުވަހު އަބޫދާބީގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ނައިބު ރައީސް މިއަދު ހެނދުނު މާލެވަޑައިގެންފައިވާއިރު، މި ކޮންފަރެންސްގައި ނައިބު ރައީސް ފައިސަލް ބައިވެރިވެ ވަޑައިގެންފައިވަނީ ޝަރަފުވެރި މެހެމާނުގެ ގޮތުގައެވެ.

އައިއޯސީ 2021 ގެ ޝިއާރަކީ "އިކޮލޮޖީ، އިކޮނޮމީ، އެޕިޑެމިކް" އެވެ.

ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021، ގައި ނައިބު ރައީސް ފައިސަލް އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންފައިވެއެވެ.