ހުވަނދުމަލުގެ ދަނޑުވެރިކަމުން މިސްރު މީހުން އަހަރަކު 6.5 މިލިއަން އެމެރިކާ ޑޮލަރު ހޯދައެވެ. މިސްރުގައި ހުވަނދުމާ އެންމެ ގިނައިން އުފައްދަނީ ޢަރްބިއްޔާ ޕްރޮވިންސްގައެވެ.

ދުނިޔޭގައި އުފައްދާ ހުވަނދުމަލުގެ 90 އިންސައްތަ އަންނަނީ މިސްރާއި އިންޑިއާއިން ކަމަށް އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެސެންޝަލް އޮއިލް އެންޑް އެރޯމާއިން ބުނެއެވެ.

ހުވަނދުމަލުގެ ދަނޑުވެރިކަމުގައި ފަންސާސް ހާސް އާއިލާ އުޅޭކަމަށް ވެއެވެ.

މިސްރުގައި އުފައްދާ ހުވަނދުމާތައް ދަނޑާ ކައިރީގައި ހުންނަ ފެކްތްރީއެއްގައި ފިއްތައި އެއިން ތެޔޮ ނަގައި އެ ތެޔޮ ސެންޓާއި ހުވަނދު އުފެއްދުމަށް ޔޫރަޕަށް އެކްސްޕޯޓް ކުރެވެއެވެ.

400 ހެކްޓަރުގެ ބިމުގައި ހުވަނދުމަލުގެ ދަނޑުވެރިކަން ކުރުމުން ދުވާލެއްގެ މައްޗަށް 20 ތަނުގެ މާ ލިބެއެވެ.

މިސްރުގައި ހުވަނދުމާ ލިބެނީ، ޖޫން މަހާއި ނޮވެމްބަރު މަހާ ދޭތެގައެވެ.

ހުނަވދުމާ ތެޔޮ އުފައްދާ ފެކްޓްރީގެ މާލިކު ބުނިގޮތުގައި ފަރަންސޭސިވިލާތުގައި މާމެލާމެލިން ތެޔޮ އުފައްދާ ފެކްތްރީއެއްގައި މަސައްކަތް ކުރުމަށްފަހު 60ގެ އަހަރުގެ ތެރޭގައި އެނބުރި ގައުމަށް އައިސް މިހިސާބުގައި ހުވަނދުމާ ހެދޭކަން އެނގުމުން، އޭނާ ފެކްޓްރީއެއް ހަދައިގެން މި މަސައްކަތް ފެށީއެވެ.