ކޮވިޑް 19ގެ ފަހުން ރާއްޖެއާއި ތައިލޭންޑާއި ދެގައުމުގެ ސީދާ ދަތުރުތައް ފެށޭނެކަމަށް ޓްރެވެލް ޓްރޭޑް މޯލްޑިވިސްއިން ހާމަކުރައްވައިފިއެވެ. އެއާ އޭޝިއާއިން ފަށާ މި ދަތުރުތައް އޮންނާނީ ހަފުތާއަކު ދެ ދުވަހުއެވެ.

ޓީޓީއެމް އިން ހާމަކުރެއްވި ގޮތުގައި މި ދަތުރުތައް ފެށޭނީ ޑިސެންބަރު 22 ގައެވެ. ބެންކޮކްގެ ޑޮން މުއޭނގް އެއާޕޯޓުން ރާއްޖެއަށް ކުރާ މި ދަތުރުތައް އޮންނާނީ އާދީއްތަ އަދި ބުދަ ދުވަހުއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވުނު އޮންލައިން އިވެންޓްގައި އެމްއެމްޕީއާރުސީގެ މެނޭޖިންޑަރެކްޓަރ ތައްޔިބު މުޙައްމަދާއި އެއާ އޭޝިއާގެ ސީއީއޯ، ދަތުރުތައް ހަމަޖެހިފައިވާ އުސޫލުތައް ހާމަކުރެއްވިއެވެ.

ދިވެހިރާއްޖެހިމެނެނީ ކަރަންޓީނު ނުވެ ތައިލޭންޑަށް ދަތުރުކުރެވޭ 63 ގައުމުގެ ލިސްޓުގައެވެ.