ފާއިތުވެ ދިޔަ ތިން އަހަރަކީ ފެނަކަކޯޕަރޭޝަންގެ އެންމެ ކާމިޔާބު ތިން އަހަރު ކަމަށް ފެނަކަ ހިތަދޫ ބުރާންޗުން ބުނެފިއެވެ.

ފާއިތުވި ތިން އަހަރު އެކުންފުނީގެ އިސް މާލިމީއަކަށް ހުންނަވައިގެން ކުންފުނި ކުރިއަރުވަން މަސައްކަތް ކުރައްވަފައިވަނީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ.

"އެމް ޑީ އަހްމަދު ސައީދު ފެނަކައާ ހަވާލުވީ ފަހުން ފާއިތުވެގެން މިދިޔަ 3 އަހަރަކީ މި ކުންފުނީގެ އެންމެ ކާމިޔާބު 3 އަހަރު،" ހިތަދ ބުރާންޗުން ބުނެފައިވެއެވެ.

ސައީދަކީ ވަރުބަލިކަމެއްނެތި ހިނިތުންވުމާއެކު އަބަދުވެސް މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށް ވެސް ބުނެފައިވެއެވެ. "ވަރުބަލިކަމެއް ނެތި، އަބަދުވެސް ހިނތުންވުމާއެކު ތިޔަކުރައްވާ ބުރަ މަސައްކަތާއި ދެއްވާ އިރުޝާދަކީ އަޅުގަނޑުމެންނަށް ލިބޭ ނުހަނު ބޮޑު ހިތްވަރެއް،" ކަމަށް ވެސް ބުނެފައިވެއެވެ.

ސައީދުގެ މޭތިރި ކަމުގެ ދަށުގައި އެކުންފުނި ވަނީ ފުރަތަމަ ފަހަރަށް އަރަނިވެރި ކުންފުންޏަކަށް ހައްދަވައިފައެވެ. އޭގެ އިތުރުން މީހުން ބިނާ ކުރުމަށްޓަކައި ކުންފުނީގެ ދަށުން ޚާއްސަ މަރުކަޒެއް އުފައްދަވައި ކަމާގުޅުންހުރި ދާއިރާތަކުން މީހުން ތަމްރީން ކުރަން ވަނީ ފަށައިފައެވެ.

ފާއިތުވި ތިން އަހަރު އެކުންފުނީން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއަކީ ރަށްރަށުގައިހުރި ބައު އިންޖީންގެތައް އެކަށީގެންވާ ތަންތަނަށް ބަދަލުކޮށް އައު ކުރުމުގެ މަސައްކަތެވެ. އޭތެރެއިން ކަރަންޓު ވިއުގަ ވަރުގަދަކޮށް ޒަމާނީ ފެންވަރުގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެއެވެ. މިހާރުވެސް އެތައް އިންޖީނުގެއެއްގެ މަސައްކަތްދަނީ ކުރަމުންނެވެ. ސައީދުގެ ލީޑަރޝިޕްގެ ދަށުން ފެނަކައިން ވަނީ ލޯކަލް އަދި އިންޓަރނޭޝަނަލް އެތައް އެވޯޑެއް ހާސިލް ކުރައްވައިފައެވެ.