ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގެންފިއެވެ.
ޝައިހް ހަސީނާއަށް އެއާޕޯޓުން މަރުހަބާ ދަންނަވާފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.
ދެ ދުވަހުގެ ކުރު މުއްދަތަކަށް ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ތިބި ބަންގްލަދޭޝް މީހުންގެ މައްސަލައަށް ހައްލެއް ގެނައުމާ މެދު ދިވެހި ސަރުކާރާ އެކު މަޝްވަރާތަކެއް ގެންދަން ނިންމާފައިވެއެވެ.
މީގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ޑޮކްޓަރުން ގެނައުމާ މެދު ދެ ޤައުމުގެ މެދުގައި އެއްބަސްވުމެއްގައި ސޮއި ކުރުމަށް ވެސް ވަނީ ނިންމަވާފައެވެ.
ޝެއިޚް ހަސީނާގެ މި ދަތުރުފުޅުގެ ތެރެއިން، މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ތަގުރީރު ކުރައްވަން ވެސް ވަނީ ނިންމަވާފައެވެ.