ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނުގައި ވާދަކުރަން މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިން ނިންމައިފިއެވެ. އެ ޕާޓީން ބުނެފައިވަނީ އެޕާޓީގެ ޓިކެޓުގައި އެ ގޮނޑީއަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ޑިސެމްބަރު 27 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު އޮންނާނޭ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ 2022 ވަނަ އަހަރު ފެބުރުއަރީ 5 ވަނަ ދުވަހުއެވެ.

އެމްޓީޑީގެ އިތުރުން ޕީޕީއެމާއި، އެމްޑީޕީއާއި އެމްއެންޕީ އިން ވެސް ވަނީ ކޮމަންޑޫދާއިރާގެ ބައިއިލެކްޝަނުގައި ވާދަ ކުރަން ނިންމައިފައެވެ. އެޑީޕީން ވާދަކުރާ ކެންޑިޑޭޓަކީ ށ.ފޯކައިދޫ ޔުނިވާސް، މުޙައްމަދު ރާޝިދެވެ. ޕީޕީއެމުން ވާދަކުރާނެ ކަމަށް ބުނެފައިވާ ކެންޑިޑޭޓަކީ ކޮމަންޑޫ، މޫސާ ފަތުހީ އާދަމެވެ. އެމްއެންޕީން ވާދަ ކުރަނީ ޢަބްދުލް ހަންނާނު އިދުރީސެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމުން އެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ.