އެސްޓީއޯ އިން ވިއްކާ ޕީޕަލްސް ޗޮއިސްގެ ބުރޭންޑްތައް ރާއްޖޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުމުގެ މަސައްކަތް އެސްޓީއޯ އިން މިއަދު ފަށައިފިއެވެ.

އެ ކުންފުނިން ބުނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އިން ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ރާއްޖޭގެ ހުރިހާ ރަށެއްގައި ފަސޭހަކަމާއެކު ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަަމަށެވެ. އަދި މި ވިޔަފާރީގައި ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ވިޔަފާރީގެ ފުރުސަތު ފުޅާކޮށްދިނުމުގެ ގޮތުން އޭޖެންޓުންނަށް ވުމުގެ މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެސްޓީއޯ އިން ބުނީ މި ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލެވިފައިވާ ކަމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ވަރަށް މުހިންމު އިސްކަމެއް އެ ކުންފުނިން އަބަދު ވެސް ދޭ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފަސޭހަކަމާއެކީގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް އެސްޓީއޯއިން ބޭނުންވާ އިރު، އެސްޓީއޯ އެޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތައް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އޮންލައިން ވިޔާފަރި ކުރާ ފަރާތްތަކަށް ވެސް އެޖެންޓަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެއެވެ.

މިގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވާން ބޭނުން ފަރާތްތަކުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވުމަށް އެދޭ ފޯމް ފުރުމަށްފަހު 31 ޖެނުއަރީ 2022 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރަންވާނެއެވެ. ނުވަތަ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރު ކައުންޓަރަށް ހަވާލު ކުރެވިދާނެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓުންނާއި ބެހޭ އިތުރު މައުލޫމާތު ހޯއްދުމަށް ހޮޓްލައިން 1422 ނުވަތަ 7291124 އާއި ގުޅުން އެދެމެވެ.