މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް އަދާލަތު ޕާޓީން ވަކިވާން ސިޓީ ފޮނުވައިފިއެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އަނަރާ ފޮނުވި ސިޓީގައި ވަނީ އެ ޕާޓީން ވަކިކޮށް ދިނުމަށް އެދިފައެވެ. ނަމަވެސް ވަކިވާން ބޭނުންވާ ސަބަބެއް އަނާރާ ވިދާޅުވެފައެއް ނުވެއެވެ.

އަނާރާއަކީ މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މަޖިލީސްތެރެއިން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގައި އަނާރާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ނަމަވެސް ފަހަކަަށް އައިސް ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް އަނާރާ އަންނަނީ ފާޑުކިޔަމުންނެވެ.