ރަށްރަށުގއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައިހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމަށް ފެނަކައިން ހިންގަމުން ގެންދާ މަޝްރޫއުގެ ދަށުން 99 ޕަސެންޓު މަސައްކަތް ކާމިޔާބު ކުރެވިފައިވާ ކަމަށް ފެނަކައިން ވިދާޅުވެއްޖެެއެވެ.

މިއީ މީހުން ދިރިިއުޅޭ ސަރަހައްދުގައި އިންޖީނުގެތައް ހުރެގެން މީހުންނަށް ދިމާވާ ސިއްހީ މައްސަލަތަކާއި އިޖުތިމާއީ މައްސަލަތަކުން ސަލާމަތް ކުރުމަށް ހިންގާ މަޝްރޫއެކެވެ. ފެެނަކަ ކޯޕަރޭޝަންގެ މެނޭޭޖިން ޑިރެކްޓް އަހުމަދު ސައީދު މުހައްމަދު ވިދާޅުވެފައިވަނީ އެފަދަ މައްސަލަތަކުގެ ޝަކުވާ ލިބެމުން އައި ކަމަށެވެ. އެހެނަސް އިންޖީންގެތައް އެކަހެރި ކުރެވެމުންދާ ވަރަކުން ޝަކުވާ މަދުވަމުންދެއެވެ.

އިންޖީނުގެތަކުން އަރާ ދުމުގެ ސަބަބުން ބައެއް ރަށްރަށުގެ ސްކޫލުްތަކުގެ ދަރިވަރުންނާއި ޓީޗަރުންނަށް ވެސް ސިއްހީ މައްސަލަދިމާވަމުންދެއެވެ. އެހެނަސް ފެނައިގެ މި މަސައްކަތުން ގިނަރަށްރަށުގެ މީހުންވަނީ މި އުުދަގުލުން ސަލާމަތް ކުރެވިފައެވެ.

ފެނަކަ ކުންފުނީގެ އެމްޑީ ސައީދުގެ މާލިމީކަމުގައި އެކުންފުނީން ދަނީ އެތަކެއް ކާމިޔާބީއެއް ހޯދަމުންނެވެ. މިހާރުވެސް 200 އަށްވުރެ ގިނަ މަޝްރޫއު އެކުންފުނީން ގެންދަވަނީ ހިންގަވަމުންނެވެ.