ފެނަކަ މުލީއޮފީހުގެ ބިންގައި އެޅުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހެނދުނު އެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަހުމަދުސައީދު މުޙައްމަދާއި ދިއްގަރުދާއިރާގެ މެންބަރ އިކުރާމް ހަސަން އެވެ.

2013 ވަނަ އަހަރުން ފެށިގެން މުލީ ފެނަކަ އޮފީސް ހިނގަމުން ދަނީ ވަރަށް ކުޑަ އިމާރާތެއްގައެވެ. އެހެންކަމުން ބިލު ދެއްކުމާއި އެހެނިހެން ބޭނުންތަކަށް އަންނަ މީހުން އިށީނދެލާނެ ޖާގައިގެ ދަތިކަން ވަރަށް ބޮޑުކަމަށް ފެނަކަ މުލީ އޮފީހުގެ މެނޭޖަރ ހުސެން ނާޒިމް ބުނުއްވިއެވެ. ޖާގައިގެ ދަތިކަން ނިހާޔަތަށް ބޭނުންވެފައިވާތީ މުލީ ފެނަކަ އޮފީހަށް ބޭނުންވާ މުވައްޒަފުންވެސް ވަނީ ނުހޯދިފަ އެވެ. މި ބިންގާއެޅުނު އިމާރާތުގެ ސަބަބުން މި ހުރިހާ ދަތިތަކަށް ހައްލެއް ލިބޭނޭކަމަށް މެނޭޖަރ ބުނުއްވިއެވެ.