އާ ހަރުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ހޯމް ސްޓޭ ފެށުމާއެކު އެކަމާ ދެކޮޅަށް ގިނަބަޔަކު ޝުޢޫރު ފާޅުކުރަންފަށައިފިއެވެ. މިކަމުގައި އެންމެ ގިނައިން ބަސްބުނަމުންދަނީ ދީނީ ޢިލްމުވެރިންނެވެ. މި ސަރުކާރަށް ތާޢީދުކުރައްވާ ދީނީ ޢިލްމުވެރިންގެތެރޭގައި ހިމެނޭ ދީނީ ޢިލްމުވެރިންވެސް ހޯމް ސްޓޭ އާއި ދެކޮޅަށް ވާހަކަދައްކާ ބަޔާންތައްނެރެމުން ދެއެވެ. މިގޮތުން ޑރ މުޙައްމަދު ޢިޔާޟު އޢަބުދުއް ލަތީފު ކުރެއްވި ޓުވިޓްގައިވަނީ " އަޅަުގަނަޑަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ވަރަށް ބޮޑަށް ތާއީދު ކުރާމީހަކަށް ވީނަމަވެސް އެމަނިކުފާނުގެ ހުރިހާ ސިޔާސަތުތައް ޤަބޫލެއް ނުކުރަން. ތާއީދެއްވެސް ނުރަން. އެގޮތުން އަލަށް ތަޢާރަފުވެގެން މިއުޅޭ ހޯމް ސްޓޭ އާއި އަޅުގަނޑު ވަރަށް ފާޅުގައި ދެކޮޅު ހަދަން" ޑރ މުޙައްމަދު ޢިޔާޟު ޢަބުދުއްލަތީފް.
ހޯމް ސްޓޭ އާއި ދެކޮޅަށް ސަލުފް ޖަމިއްޔާއިން ނެރުނު ބަޔާނުގައިވަނީ ދިވެހިންނަކީ ޒަމާނުއްސުރެ ރިވެތި އަޚުލާޤާއި، ހަރުދަނާ ދިރިއުޅުމާއި، ސާދާ ވައްޓަފާޅިއެއްގައި ދިރިއުޅެމުން އައި ބައެއް ކަމުގައެވެ. ސައްތައިންސައްތަ އިސްލާމީ ސުންނީ މުޖުތަމައެއް ކަމުގައެގައެެވެ. ފުދުންތެރިކަން އިތުރުކޮށް ތަރައްޤީގެ މަގުގައި ގައުމު މިހާހިސާބަށް އައިރުވެސް މިދެންނެވި ސާދާ ދިވެހި ވަންތަ ވައްޓަފާޅި ދެމެހެއްޓުމަށް އިސްކަންދީފައިވާކަން ތާރީޚު ހެކިދެއެވެ. ނަމަވެސް 2022 ވަނަ އަހަރު މި ފެށުނު ހޯމްސްޓޭގެ ސަބަބުން މުސްތަޤުބަލުގައި މި އިސްލާމީ ގައުމުގެ ކުރިއަށް އޮތް ޖީލުގެ އަޚުލާގިއްޔަތަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބިގެން ދާނެކަމެއްކަމަށް ސަލަފު ޖަމިއްޔާގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރަށްވެސް މީސްމީޑިއާގައި ގިނަފަރާތްކަުން ފާޅުކުރަމުންދާ ޝުއޫރު ތަކުގެ ތެރޭގައި ހޯމްސްޓޭގެ ސަބަބުން ކުރިމަތިވެދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި ފަތުރުވެރިންނަށް އުނދަގޫވާނެކަމަށްބުނެ މިސްކިތުގެ ލައުޑް ސްޕީކަރު ބަންދުކުރުން ހިމެނެއެވެ. އަދި އަމިއްލަ ގޭގޭގައި މަޣުރިބް ނަމާދާއި އިޝާނަމާދާއި ދޭތެރޭ އިވޭ ޤުރުއާނުގެ އަޑާއި ޓީވީ ނުވަތަ ރެޑިޔޯއިން އިވޭ ބަންގިއާއި ދީނީ ޕޮރޮގްރާމުތަކުގެ އަޑު ދާއިމަށް ކެނޑިގެންދާނެކަމަށްވެސް ގިނަބަޔަކު ބުނަމުން ދެއެވެ.
މިނޫންވެސް އަޅުގަނޑުމެންގެ އިސްލާމީ ދިވެހި މުޖުތަމައާއި ނުގުޅޭނޭ އެތައް ކަމެއް ރަށްރަށުގައި ތަޢާރަފްވާނެކަމަށް ގިނަ ބަޔަކު ބުނަމުން ގެންދެއެވެ. އަދި ދަރިންނަނާއި މައިންބަފައިން ދިރިއުޅޭ ގޭގެއެިން ދެން ފެންނާނީ ބަލަން ހެޔޮނުވާވަރުގެ މަންޒަރުތަކައްކަމަށް ގަބޫލުކުރެއެވެ. ހޯމް ސްޓޭގެ ސަބަބުން ލިބޭ ޑޮލަރުގެ ފައިދާއަށްވުރެ މުޖުތަމައުގެ ރިވެތި އަޚުލާގާއި އިސްލާމީ އަޤީދާ ފުނޑުފުނޑުވެގެންދާނެކަމަށް ގިނަ ދިވެހިން ދެކެއެވެ.