އަންނަ ރަމަޟާންމަހަށް މާލޭގެ ހުރިހާމިސްކިއްތަކުގައި ސީީސީޓީވީ ކެމެރާތައް ހަރުކުރެވޭނެކަމަށް މާލޭ ސިޓީ ގެ މޭޔަރު ޑރ މުހައްމަދު މުއިޒު ވިދާޅުވެއްޖެއެވެ. އާ އަހަރުގެ މުނާސަބަތުގައި މޭޔަރު މުއިޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ މިައަހަރު މާލެ ސިޓީ ކައުންސިލުގެ ތަރަށްގީގެ ޕްލޭނުގައި ކަނޑައަޅާފައިވާ ގޮތަށް ކަންކަން ހާސިލްވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އެގޮތުން ޑރ މުއިއްޒު ވިދާޅުވީ މާލޭގެ ހުރިހާ މިސްކިތެއްގެ އެތެރެއާއި ބޭރަކީ ރައްކާތެރި ގޮތުގައި ބެލެހެއްޓޭ ތަންތަން ކަމަށް ހެދުމަށްޓަކައި މި އަންނަ ރަމަޟާންމަހަށް މިސްކިއްތަކުގައި ސީސީޓީވީ ނިޒާމެއް ގާއިމު ކުރެވޭނެ ކަމަށެވެ. މިސްކިއްތަކުގެ އިތުރަށް މާލެ ސިޓީގެ އެހެން ސަރަހައްދުތައް، ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި ސީސީޓީވީ ނިޒާމު ހަރުދަނާކުރުމަކީ ކައުންސިލުގެ އަމާޒެއްކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އަދި މާލޭގެ އާންމު ސަރަހައްދުތަކުގައި ހިލޭ ވައިފައި ދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތައްވެސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ވައިފައި ބޭނުންކުރެވޭ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތްވެސް މިއަހަރު ނިންމާލެވޭނެކަމަށް އުންމީދުކުރަށްވާކަމަށް ވިދާޅުވިއެވެ.
މުއިޒު ވިދާޅުވީ ސިޓީކައުންސިލުން ދެވޭޚިދުމަތް ޒަމާނީކުރުމަށްޓަކައި ކައުންސިލުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކުރުމުގެ މަސަކަތްވެސް ހަލުވިކަމާއެކު ކުރިއަށް ދާކަމަށެވެ.