މިސްރުގައި ކިޔަވަމުންއައި ދިވެހި ދަރިވަރަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިސްރުގައި ނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ މިންހާޖު އީސާ

ފޮރިން މިނިސްޓްރީން ބުނީ ރޭގެ ވަގުތެއްގައި މިސްރުގައި ނިޔާވި ކުއްޖާގެ މަރަކީ ގުދުރަތީ މަރެއް ކަމަށެވެ.

މިސްރުގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރު ނިޔާވެފައިވަނީ އެ ގައުމުގެ ވެރިކަންކުރާ ސިޓީ، ގާހިރާގައި ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.