ޣައިރު ދީން ތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އެއް ފުލުހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ “ރައްޔިތުންގެ އިއްތިހާދު” ގެ ފަރާތުންނެވެ.

އެ އިއްތިހާދުން ހުށަހެޅި މައްސަލައިގާ ބުނެފައިވަނީ 2020 ވަނަ އަހަރު ވެސް، ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ފާޅުގައި ދިވެހިންނަށް ފޮނުވާފައި ކަމަށެވެ. އަދިި 2021 އަހަރު ވެސް ކްރިސްމަސްގެ ތަހުނިޔާ ކިޔުން ތަކުރާރުކޮށް ފޮޓޯ އާންމު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ މީގެ ކުރިން ވެސް ފުލުހަށް ހުށަހަޅާފައި ވީނަމަވެސް މައްސަލަ ކުރިޔަށް ގޮސްފައި ނުވާ ކަމަށް އެ އިއްތިހާދުގެ ސިޓީގައި ވަނީ ބުނެފައެވެ.