ކޮވިޑު ގައި އައްޑު ސިޓީން 13 ވަނަ މީހާ މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައިވަނީ އައްޑޫ ކޯވިޑް މެޖޭންމެންޓު ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ ދިވެހި ފިރިހެނެއް ކަމަށެވެ. އުމުރުން 82 އަހަރުގެ އެމީހާ މަރުވީ ރޭ މެންދަމު 2:30 ގައި ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

މި މަރާއެކު ކޮވިޑު ބަލީގައި އައްޑު ސިޓީން މަރުވި މީހުންގެ އަދަދު މިވަނީ 13 އަށް އަރާފައެވެ. އަދި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ ޢަދަދު 263 އަށް އެރިއެވެ.