ނިދީތެރޭގައި ވާހަކަ ދެއްކުމަކީ އާންމު ކަމެއްނޫނެވެ. އެހެންނަމަވެސް މިކަން ތަހައްމަލުކުރަމުންދާ ބަޔަކުވެސް އަޅުގަނޑުމެންގެތެރޭގައި އުޅެ އެވެ. މިކަމުގެ ސަބަބުން އެއްކޮޓަރިއެއްގައި ނިދާ މީހުނަށް ނުވަތަ ބައިވެރިޔާއަށް އުނދަގޫވެ އެވެ. އަދި ނިދީގައި ވާހަކަދެއްކޭ މީހާގެ ސިއްރުތައް ހާމަވުންވެސް އެކަށީގެންވެ އެވެ.

ދިރާސާތަކުން ހާމަވާގޮތުގައި ކުޑަކުދިންގެ ތެރެއިން އުމުރުން 3 އަހަރާއި 10 އަހަރާދެމެދުގެ 50 ޕަސެންޓު ކުދިން ނިދީތެރޭގައި ވާހަކަ ދައްކައެވެ. އަދި ބޮޑެތިމީހުންގެތެރެއިން 5 ޕަސަންޓު މީހުން ނިދީތެރޭގައި ވާހަދައްކަ އެވެ. މީގެތެރޭގައި ގިނައީ ފިރިހެނުންނެވެ.

ނިދީގައި ވާހަދައްކާ މީހުން ގިނައިން އަޑުނުވީއްލާ (ކިޔާ ނުކިޔާއެއްޗެއް ނޭނގި) ވާހަދައްކައެވެ. މިގޮތަށް ވާހަކަދެއްކެނީ ވަރަށް ގަދަޔަށް ނިދާފައި އޮންނައިރު އެވެ. އަދި ޖުމުލައެއް އެކޮށް ސާފުވާނޭ ގޮތަށްވެސް ބުނެ އެވެ. ސިއްޙީ މާހިރުން ބުނަނީ މިހެން ވާހަކަދައްކަނީ އެހާ ގަދަޔަށް ނުނިދިއޮވެ އެވެ. މިގޮތަށް ވާހަކަދައްކާމީހުން ބައެއްފަހަރަށް ދައްކާ ވާހަކަ އަށް ޖަވާބު ދިނުމުން ވާހަކަ އިތުރަށް ކުރިއަށްވެސް ގެންދެއެވެ.

ނިދީގައި ވާހަކަދައްކާމީހުން ގިނައިން ދައްކާނީ އާންމު ދިރިއުޅުމުގެ ވާހަކައެވެ. އެދުވަހަކު ނުވަތަ އެ ދުވަސްވަރެއްގައި ކޮށްފައިވާ ނޫނީ ކުރަމުންދާ ކަމެއްގެ ވާހަކައެވެ. އަދި އެމީހެއްގެ ހިތާއި ސިކުނޑި، އެކަމަކަށް ޝައުގު އުފެދިފައިވާ ކަމެއްގެ ވާހަކަ އެވެ. އެހެންކަމަށްވާނަމަ، ކިތަންމެ ނާދިރު ކަމަކަށް ވިޔަސް ތިމާގެ ސިއްރެއް ހާމަވުމަކީ އެކަށީގެންވާކަމެއްކަމަށް ޟިއްޙީ މާހިރުން ގަބޫލުކުރެ އެވެ.

ނިދީގައި ވާހަކަ ދެއްކުމަކީ ޑިޕްރެޝަން ނުވަތަ ހިތްހަމަނުޖެހުމުގެ ސަބަބުން ވާކަމެކެވެ. އަދި ބައެއްފަހަރަށް ދިރިއުޅުމުގެ ހާލަތުންނާއި ހައްލު ނުކުރެވިފައިވާ މައްސަލަތަކުގެ ސަބަބުންވެސް ނިދީގައި ވާހަކަ ދެއްކެ އެވެ.

ނިދީގައި ވާހަކަދެއްކުން ހުއްޓުވުމަށްޓަކައި ރޭގަނޑު އަވަހަށް ކެއުމާއި އެކު ހަމަ ނިދި ނިދޭތޯ ބެލުން ރަނގަޅެވެ. އަދި ކެފެއިން ހުންނަ އެއްޗިހި މަދުކޮށް، އާންމުކޮށް ކާ ކެއުން މަދުކުރުމުންވެސް މިކަމަށް ލުޔެއް ލިބޭނެއެވެ. މީގެ އިތުރަށް ނިދުމުގެ ކުރިން ހަށިހެޔޮވާފަދަ، ހަށިގަނޑަށް އަރާމު ލިބޭފަދަ ކަމެއް ކޮށްލުންވެސް ރަނގަޅު ކަމަށް ޞިއްޙީ މާހިރުން ލަފާ ދެއްވަ އެވެ.

ނިދީގައި ވާހަކަ ދެއްކުމަކީ އެއްވެސް ކަމެއްނުކޮށްވެސް ރަނގަޅުވާ ކަމެކެވެ. އެއީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލަކުންވެސް ރަނގަޅުވާކަމެކެވެ.