ކޮވިޑް-19 އިން ދިފާއުވުމަށް 90 ޕަސެންޓު ދަރިވަރުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދު ކުދިންނަށް ވެކްސިން ޖަހަން ފެށީ މިދިޔަ އަަހަރުގެ އޮގަސްޓު މަހުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާ ހަވާލާދީ “ވަން” އޮންލައިންގައި ވާ ގޮތުން މިހާތަނަށް 36،029 ދަރިވަރުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އެއީ ވެކްސިން ޖަހަންޖެހޭ ދަރިވަރުންގެ 97 ޕަސެންޓެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް 32،358 ދަރިވަރަކު ވަނީ ޖަހައިފައެވެ.