ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ބޫސްޓާ ޑޯޒް ޖެހުމަށް އާންމުކޮށް ހުޅުވާލައިފި އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް ހަ މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ފައިޒަރ ވެކްސިން ހޮނިހިރު ދުވަހުން ފެށިގެން ޖަހައިދެވޭނެ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި ބޫސްޓަރ ޑޯޒް ވެކްސިން ޖެހުމަށްޓަކައި mv.gov.hpa.book އިން އެޕޮއިންޓް ހެދޭނެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 28،000 އަށް ވުރެ ގިނަ މީހުން ވަނީ ބޫސްޓާ ޑޯޒު ޖަހާފަ އެވެ. ބޫސްޓާ ޑޯޒް މިހާތަނަށް ޖަހަމުން އައިސްފައިވަނީ ސިއްހީ ދާއިރާ އާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި އެއާޕޯޓްގެ ޕްރޮންޓްލައިން މުވައްޒަފުންނަށެވެ.