ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށް ކެމްޕެއިން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ފޯކައިދޫއަށް ވަޑައިގެންފިއެވެ.

މި ކެމްޕެއިން ދަތުރުފުޅުގައި ނާއިބު ރައީސްގެ އަރިހުގައި މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ނާއިބު ރައީސްގެ މި ދަތުރުފުޅުގައި ފޯކައިދޫއަށްފަހު އެ ދާއިރާގެ މަރޮއްޓަށް ވަޑައިގެން، އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއަށްފަހު ކޮމަންޑޫގައި މިރޭ ބާއްވާ ކެމްޕެއިން ޖަލްސާގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.