އެސްޓީއޯގެ 2022 ވަނަ އަހަރުގެ ކަލަންޑަރު ކުއިޒް ޚާއްޞަ ކުރަށްވާފައިވަނީ ދިވެހި އަދަބީބަހަށެވެ މި ކުއިޒްގައި ދިވެހި އަދަބީ ބަސްތަކުގެތެރެއިން ތިބާގެ އެންމެ ގާތް އެކުވެރިޔާ އާއި ގުޅޭ އަދަބީ ބަސް ހިއްސާކޮށްގެން އެސްޓީއޯގެ ކަލަންޑަރެއް ލިބުމުގެ ފުރުޞަތު މިވަނީ ހުޅުވާލައްވާ ފައެވެ.

ރޭ، އެސްޓީއޯއިން ހުޅުވާލެއްވި މިފުރުޞަތުގައި ބައިވެރިވުމަށްޓަކައި ތިބާގެ އެންމެ ގާތް އެކުވެރިޔާ ޓެގްކޮށްލުމަށްފަހު އޭނާ އާއި ގުޅޭ އަދަބީބަސް ލިޔެ އެސްޓީއޯ ފޭސްބްކް ޕޭޖްގެ ކްއިޒް އަށް ޖަވާބު ދެއްވަންވީއެވެ.

އެސްޓީއޯގެ މި ކަލަންޑަރަކީ ޚިޔާލީ ދުނިޔެއަކަށް ބިނާކޮށް ތައްޔާރުކުރައްވާފައިވާ ވަރަށް ރީތި މަންޒަރުތައް ހިމެނޭ ކަލަންޑަރެކެވެ. މި ކަލަންޑަރުގެ ކޮންމެ ގަނޑެއްގައިވެސް ދިވެ އަދަބީ ބަހެއް ރަމްޒުކޮށްދޭ ތަސްވީރެއް ވެއެވެ.

އެސްޓީއޯއިން ދިވެހި އަދަބިއްޔާތު ދިރުވުމަށް ޚާޞަ ސަމާލުކަމެއްދެއްވައިގެން ޙަރަކާތްތައް ކުރިއަށް ގެންދަވައެވެ. މިގޮތުން 2021 ވަނަ އަހަރު ކުޑަކުދިންނަށް ޚާއްޞަ އަދަބީބަސް ފޮތެއްވެސް ވަނީ ނެރުއްވާފައެވެ.

އެސްޓީއޯއިން ބުނުއްވީ މި ގިވްއަވޭގައި 10 ބައިވެރިން ހޮއްވަވާނެކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 24 ޖަނަވަރީ 2022ގެ 14 ގަޑި ސުންމިނެޓެވެ.