ދޯންޏެއްގެ ބައެއް އޮޔާދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ކ.ގާފަރުގެ ދެކުނުން، ހުޅަނގާ ދިމާއަށް ސްރީލަންކާގެ އުޅަނދެއްގެ ބައެއް އޮޔާދާ ކަމަށެވެ. އެހެން ކަމުން އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. ޚާއްސަ ގޮތެއްގައި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާއިރު، އުޅަނދުފަހަރުތަކުން އެ ކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސްކުރައްވާފައި ވެެއެވެ.

ދޯންޏެއްގެ ބައެއް އޮޔާދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު 17:45 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.