ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރީޢަތުގެ އަޑުއެހުމެއްމާދަމާ ހެނދުނު 09:30 ގައި ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކޮށްފިއެވެ.'
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައެވެ.
މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ، ދައުލަތުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ ރިސޯޓެއް ގޮތުގައި ތަރައްގީކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާތީއެވެ.
މި މައްސަލައިގާ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުން އަންނަ ޖޫން 30 ވަނަ ދުވަހު ބޭއްވުމަށް ކުރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ރ. ފުއްގިރި މައްސަލައިގައި ވެސް އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވުން ހަމަ އެއެދުވަހަށް ވަނީ ޝެޑިއުލް ކޮށްފައެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ޚިޔާނާތުގެ ދެ ދާއުވާއެއް ދައުލަތުން ކޮށްފައިވެއެވެ.
އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ.