މަޖީދީމަގާއި ބޮޑުތަކުރުފާނު މަގު އިރުމަތީ ކޮޅު، އާޓިފިޝަލް ބީޗް ސަރަހައްދުގެ ސްޓޯމް ވޯޓޯ ނެޓްވޯކް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފިއެވެ.

އާރްޑީސީން މިހެން ބުނެފައިވަނީ އެ ކޯޕަރޭޝަނުން އިއްޔެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އާރްޑީސީން އިތުރަށް ބުނެފައިވަނީ ސްޓޯރމް ވޯޓަރ ނެޓްވޯކް އަޕްގްރޭޑްކުރުމުގެ އިތުރުން ކަނެކްޝަންތަކުގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ.

އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ މި މަޝްރޫއަކީ މިމާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.