އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މަގާމްތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

އެމްޑީޕީން ބުނީ އަންނަ ހުކުރު ދުވަހު ޕީޖީ ގްރޫޕްގެ އިންތިހާބު ބާއްވަން ނިންމާފައިވާ ކަމަށާއި އެހެންކަމުން މަގާމްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12 ގެ ކުރިން އެ މެމްބަރަކު ކުރިމަތިލައްވާ މަގާމު އެނގޭނެ ގޮތަށް ޕާޓީގެ ސެކްރެޓަރީއަށް ލިޔުމުން ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެމްޑީޕީ ޕީޖީ ގްރޫޕަށް އިންތިހާބު ކުރާ މަގާމުތައް

ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުއަމީން އާއްމުއަމީން އާއްމުގެ ނާއިބުޗީފް ވިޕްވިޕުން

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުގައި މިހާތަނަށް ހުންނެވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.