އޮސްޓްރޭލިއާއިން ރާއްޖޭގައި ހައިކޮމިޝަން ހުޅުވުމަށް ނިންމައިފިއެވެ. މިކަން އިއުލާން ކުރައްވާފައި ވަނީ އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރެވެ.

އޮސްޓްރޭލިއާއާއެކު، ކުއޯޑްގެ ގައުމުތަކުން އެމެރިކާ ފިޔަވައި ހުރިހައި ގައުމަކުން ރާއްޖޭގައި ސަފާރާއެއް ހުޅުވީއެވެ.

ރާއްޖެއާއި ބޭރުގެ ދުނިޔެއާ ގުޅުން ބަދަހިވެ، ބައިނަލްއަގްވާމީ މައިދާނުގެ އެކަހެރިކަން މިހާރު ވަނީ ފިލައިގެން ގޮސްފައެވެ.